ކުޅުދުއްފުށީ ސިޓީގައި "އިންޓްރޮޑަކްޓަރީ ޓްރެއިނިންގ ޓު ފިޒިކަލް އެޑިއުކޭޝަން" ޕްރޮގްރާމެއް ފަށައިފި

09 ނޮވެމްބަރު 2023

ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ޔޫތު މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން "އިންޓްރޮޑަކްޓަރީ ޓު ފިޒިކަލް އެޑިއުކޭޝަން" ޕްރޮގްރާމެއް ފަށައިފިއެވެ.
7 ނޮވެމްބަރ 2023 އިން 11 ނޮވެމްބަރ ގެ ނިޔަލަށް ކުދުއްފުށީ ސިޓީގައި ކުރިޔަށްގެންދާ މި ޕްރޮގްރާމްއަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި އަޕަރ ނޯތް ޕޮލިސްއާއި ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި އެކި އުމުރުފުރައިގެ އާމުން ހޭލުންތެރިކޮށް ދުޅަހެޔޮ ސިއްޙަތަކަށް ދިގުމުއްދަތަކަށް މަސައްކަތް ކޮށްދިނުމެވެ. މިޕްރޮގްރާމްގައި ފިޒިކަލް އެޑިއުކޭޝަން އިންސްޓްރަކްޓަރެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ. އޭގެ ތެރޭގައި ހަށިގަނޑަށް މުހިންމު ކަސްރަތުތަކަކީ ކޮބައިކަމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މުޖުތަމަޢު ބާރުވެރިކުރުވާ، ރާވާ ހިންގާނެ ގޮތް ކިޔަވައިދެވޭނެއެވެ. 
މިޕްރޮގްރާމްގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވާނީ މިދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްކަމުގައިވާ ޕޮލިސް ޗީފް އިންސްޕެކްޓަރ މޫސާ ރަޝީދުއެވެ.