ބ. ކެންދޫގައި ކުޅިވަރުގެ ދާއިރާއިން ކުރަން ހުރި މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކެންދޫގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާވަނީ އެ ރަށުގެ ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.
ކަަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިނިސްޓްރީއަށް ބޭނުންވާ ބިން ލިބުމުގާ ލިބުނު ތަނުގެ ގޮތުން މަސައްކަތްތައް ނުފެށި ވަރަށް ދުވަސް ވެގެން ދިޔަކަމަށެވެ. އެހެން ނަމަވެސް މިހާރު މަސައްކަތްތައް ކުރިއަށްގެދިޔުމުގެ ކަންކަން މަގުފަހިވެފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުޓްބޯޅަ ދަނޑާ ގުޅޭގޮތުން ވައުދުވެފަ ހުންނާނެކަމަށާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އެޅުމުގެ މަސައްކަތްތަކާ އައުޓްޑޯރ ޖިމްއަކީ ރައީސްވެފައިވާ މުހިންމު ވައުދުތައްކަމަށެވެ. އަދި އެ މަސައްކަތް ފުރިހަމަކުރުމަށް ބޮޑު އިސްމަކެއް ދެއްވާނެކަމަށެވެ.
ރައީސް ވިދާޅުވީ ދެންނެވި ހުރިހާ ކުޅިވަރާބެހޭ ކަންކަން އަމަލީ ގޮތުން ފެށުމަޢްޓަކާ ސަރުކާރުގެ އެކި ކުންފުނިިތަކާ ހަވާލުކުރުމުގެ ކަންކަންވަނީ ނިމިފަކަމަށެވެ. ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކެންދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ބ. އޭދަފުއްޓަށެވެ.