ކިނިބިދޫ ދާއިރާގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު ރާފިޢު މަޝްވަރާކުރައްވައިފި

24 ޑިސެމްބަރު 2024

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގްއާ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް ބައްދަލުކުރެއްވުމުގައި ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާވެސް ބައިވެރިވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި މެންބަރު އަލީ އަޝްރަގް ވަނީ ކިނބިދޫ ދާއިރާގެ ކުޅިވަރުގެ ހާލަތު ވަޒީރާ ހިއްސާކުރައްވާފަ އެވެ. އަދި އެ ދާއިރާއަށް މިވަގުތު ބޭނުންވާ ކުޅިވަރު ވަސީލަތްތަކާއި، އެ ދާއިރާގެ ރަށްތަކަށް ކުޅިވަރުން އަންނަ ކުރިއެރުންތައްވެސް އޭނާ ހިއްސާކުރެއްވި އެވެ.
މެންބަރު އަޝްރަގްގެ ކަންބޮޑުވުންތައް އަޑުއަައްސަވާ ވަޒީރު ރާފިޢު ވަނީ މި ކަންކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ދާއިރާގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ނިންމާފައިވާ ކަންކަންވެސް ވަޒީރު ވަނީ ހިއްސާކުރައްވާފަ އެވެ.