ޖޫނިއަރ ރެފްރީސް އެންޑް ޓޭބަލް އޮފިޝަލުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި

25 އޮކްޓޯބަރު 2023

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމުގެ ގޮތުން ޖޫނިއަރ ރެފްރީސް އެންޑް ޓޭބަލް އޮފިޝަލުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފިއެވެ.
މި ކޯހަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ދަށުން ހިންގާ މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ކޯހެކެއެވެ.
މި ކޯސް ކުރިޔަށްދާނީ 22 އޮކްޓޫބަރ 2023 އިން 30 އޮކްޓޫބަރ 2023 ގެ ނިޔަލަށް މާލޭ ސިޓީގައެވެ.
މި ކޯހުގެ މަޤްސަދަކީ ބާސްކެޓްބޯލް ކުރިއެރުވުމަށް ރެފްރީންނާއި ޓޭބަލް އޮފިޝަލުން ތަމްރީން ކުރުމެއެވެ. 
މި ކޯހުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްެތެރިވާނީ މި ދާއިރާގެ ތަޖުރިބާކާރު 2 ބޭފުޅުންކަމުގައިވާ މުުހައްމަދު ވަހީދު އަދި މުހައްމަދު ސާޙީ ޢަބްދުލް ޤަފޫރްއެވެ.