ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ 2 ފުޓްސަލް ދަނޑު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހްލޫފް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އަޙުމަދު މަޙްލޫފްގެ އިތުުރުން ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޒުވާނުން ވަނީ ބައިވެރިވެފައެވެ.
މި 2 ފުޓްސަލް ދަނޑު ތަރައްޤީކޮށްފައިވަނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައެވެ.
މި 2 ދަނޑު ހުޅުވުމުގެ ގޮތުން 2 ފުޓްސަލް މެޗު ވަނީ ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ކުޅެފައިވަނީ މޯލްޑިވްސް ސޮކަރ މޭޓްސް އެކަޑަމީގެ ކުދިންގެ މެދުގައި ކުޅެވުނު މެޗެކެއެވެ. މި މެޗަށްފަހު ދެ ކުޅުނީ ޔޫތު މިނިސްޓަރ އަޙުމަދު މަހްލޫފްގެ ޓީމާއި ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ޒުވާނުންގެ މެދުގައި އެކުލަވާލީ ޓީމެއްގެ މެދުގައި ކުޅެވުނު މެޗެކެއެވެ.
ޔޫތު މިނިސްޓްރީގެ ބަޖެޓުން ޚަރަދުކޮށްގެން މި ދަނޑުތައް ތަރައްޤީކޮށްފައިވަނީ ޒެބޮކް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މި ދަނޑުތައް ތަރައްޤީކުރުމަށް ޒެބޮކް އާއި ހަވާލުކުރީ 4،265،024.44 (ހަތަރު މިލިއަން ދެލައްކަ ފަސްދޮޅަސް ފަސްހާހް ސައުވީސް ރުފިޔާ ސާޅީސް ހަތަރު ލާރި) އަށެވެ.