ހޯރަފުށީ ދާއިރާގެ މެމްބަރާ މިނިސްޓަރ ރާފިޢު ބައްދަލުކުރައްވައިފި

04 ޖުލައި 2024

މިނިސްޓަރ ޢަބްދުﷲ ރާފިޢު، ހއ.ހޯރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ މޫސާ އާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ހޯރަފުށި ދާއިރާގެ ރަށްތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މިގޮތުން އެކި ރަށް ރަށުގައި މިވަގުތު ކުރިއަށްދާ މަސައްކްތަތަކާއި، އެ މަސައްކަތްތައް ނުހުއްޓި ކުރިއަށްގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ހިޔާލު ބަދަލުކުރެވުނެވެ.
މި ބައްދަލުވުމުގައި މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދާއިރާގެ ރަށްޔިތުންނަށް ކުރިއަށް ގެންދެވިދާނެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތައްވެސް ކުރެވުނެވެ.