ހިންމަފުށީގެ ކުޅިވަރުގެ ހަލާތާ ގުޅޭގޮތުން ވަޒީރު ރާފިޢު މަޝްވަރާކުރައްވައިފި

29 އޯގަސްޓު 2024

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ކ. ހިންމަފުށި ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ހިންމަފުށީގެ ކުޅިވަރުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ ރަށަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން ކުރިއަށްދިޔަ ބައްދަލުވުމެކެވެ.
ކ. ހިންމަފުށި ކައުންސިލުން ވަނީ މިވަގުތު އެރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކުގެ އިތުރުން އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކުޅިވަރުގެ އެހީތެރިކަމުގެ މައުލޫމާތު ވަޒީރާ ހިއްސާކުރައްވާފަ އެވެ. މިގޮތުން އެރަށުގައި މިވަގުތު އެންމެ ފޯރިއާއިއެކު ކުރިއަށްދާ ކުޅިވަރުތަކާއި، ރަށުގައި ހުރި ވަސީލަތްތަކާއިއެކު ބޭއްވޭ ކުޅިވަރު މުބާރާތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ބަދަލުކުރެވުނެވެ.
ހިންމަފުއްޓަކީ ދިވެހި ސާފް ލީގުގެ މުހިންމު މުބާރާތެއްކަމަށްވާ "ގާމާދޫކޮޅު ރާޅުގަނޑު" މުބާރާތް ބާއްވާ ރަށެކެވެ. މި ރަށުގައި ސާފިންގެ ހުނަރުހުރި ޒުވާނުންވެސް ގިނަ އެވެ.
ހިންމަފުށި ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ހިންމަފުށީގެ ރައްޔިތުން ބޭނުންވާ ކަންކަމަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.