ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ފައިނަލުގައި ވާދަކުރީ ރެޑްހޯކްސް އާއި އޮރިކްސް އެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު މި މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ރެޑްހޯކްސް އެވެ.
ފައިނަލް މެޗު ބައްލަވާލެއްވުމަށް މިނިސްޓަރ ރާފިޢު ވަޑައިގެންނެވިއިރު، އަރިހުގައި ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ ތަމޫހު އަހުމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.