ހޭންޑްބޯލް ކޯޗިންގ ކޯހުގެ ބައިވެރިންނަށް އެންޓި-ޑޯޕިންގ އެވެއަރނަސް ސެޝަން އެއް ބާއްވައިފި

10 ޑިސެމްބަރު 2022

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރިޔަށްގެންދާ ބޭސިކް ހޭންޑް ހޭންޑްބޯލް ކޯޗިންގ ކޯހުގެ ބައިވެރިންނަށް އަމާޒުކޮށްގެން އެންޓި-ޑޯޕިންގ އެވެއަރނަސް ސެޝަން އެއް ކުރިޔަށް ގެންގޮސްފިއެވެ.
ޑިސެމްބަރ މަހުގެ 4 އިން 12 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިޔަށްގެންދާ މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ހޭންޑްބޯލް މޯލްޑިވްސް އާއި ގުޅިގެން ކުރިޔަށްގެންދާ ކޯހެކެއެވެ.
ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހުގެ ބައިވެރިންނަށް ޑޯޕިންގގެ ނުރައްކަލާއި ގުޅޭ ގޮތުން މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ސެޝަންގައި  34 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިސެޝަން ނަގާދީފައިވަނީ މޯލްޑިވްސް ނެޝަނަލް އެންޓި-ޑޯޕިންގ އެޖެންސީގެ ޑޯޕިންގ ކޮންޓްރޯލް އޮފިސަރ (ޑީސީއޯ) ހަނާ މުޙައްމަދެވެ.
މިސެޝަންގައި އެންޓި-ޑޯޕިންގގެ މުހިންމުކަމުގެ އިތުރުން ޑޯޕިންގ މައްސަލަތަކުގެ ބައެއް ހާދިސާތަކަށް އަލިއަޅުވާލެއްވިއެވެ.