ހދ. ނޮޅިވަރަމް ކައުންސިލާ މިނިސްޓަރ ރާފިޢު ބައްދަލުކުރައްވައިފި

26 ޖުލައި 2024

ހދ. ނޮޅިވަރަމް ކައުންސިލާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ހދ. ނޮޅިވަރަމް ގައި މިވަގުތު ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން އެރަށަށް ބޭނުންވާ އެހެން ކުޅިވަރު ވަސީލަތްތަކާ ގުޅޭ މައުލޫމާތުވެސް މާއުނގޫދޫ ކައުންސިލުން ވަނީ މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ.
މީގެ އިތުރުން އެރަށުގައި މިހާރު ކުރިއަށްދާ އެކި މަޝްރޫޢުތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.