ހއ. މޮޅަދޫގައި ފުޓްސަލް ދަނޑަކާއި ވޮލީބޯޅަ ކޯޓެއް އަޅައިދޭނަން : ރައީސް

30 ޖެނުއަރީ 2025

ހއ. މޮޅަދޫގައި ފުޓްސަލް ދަނޑަކާއި ވޮލީބޯޅަ ކޯޓެއް އަޅުއްވަދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 
ހއ. މޮޅަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި މި ވަގުތު ހުރި ކުޅިވަރު ވަސީލަތްތައް އިތުރަށް ތަރައްޤީކުރަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. މިގޮތުން އެ ރަށުގައި މިވަގުތު ހުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ހުރި ވަސީލަތްތައް އެ ރަށުގެ އާބާދީއާ އެކަށީގެންވާ މިންވަރަށް ފުރިހަމަކުރައްވާނެކަމަށް ވިދާޅުވި އެވެ. 
ރައީސް ވިދާޅުވީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރުން އެ ރަށުގައި މުޅިން އަލަށް ފުޓްސަލް ދަނޑެއްވެސް އަޅުއްވައިދެއްވާނެކަމަށެވެ. 
"ވަސީލަތްތައް ފުރިހަމަވެފައިވާ ފިޓްނަސް ސެންޓަރެއް ޤާއިމްކޮށްދީ މުޅިން އަލަށް ފުޓްސަލް ދަނޑެއް އަދި ވޮލީބޯޅަ ކޯޓެއް މޮޅަދޫގައި އަޅައިދޭނަން" ރައީސް ވިދާޅުވި އެވެ.