ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ހޭންޑްބޯލް ޖޫނިއަރ ރެފްރީސް ކޯހެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ކޯސް ކުރިޔަށް ގެންގޮސްފައި ވަނީ 1 މެއި 2023 އިން 9 މެއި 2023 ގެ ނިޔަލަށެވެ.
މި ކޯހުގައި ޖުމްލަ 18 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ 08 އަންހެން ބައިވެރިންނާއި 10 ފިރިހެން ބައިވެރިންނެވެ.
ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ރެފްރީން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީން ތަމްރީން ކުރުމެވެ. މި ކޯހުން ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 18 ބައިވެރިންނެވެ.
9 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ހޭންޑްބޯލް ރެފްރީންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ވަނީ ތަމްރީން ކުރެވިފައެވެ. އަދި ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައިވެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވީ ހޭންޑްބޯލް މޯލްޑިވްސްގެ ތަޖުރިބާކާރު ރެފްރީން ކަމުގައިވާ އަބްދުﷲ ސަމީޙް އާއި ޔޫސުފް އަހުޒަމް މުޖުތަބާއެވެ.