ގދ.ތިނަދޫގައި ހޭންޑްބޯލް ޖޫނިއަރ ރެފްރީސް ކޯހެއް ފަށައިފި

01 މޭ 2023

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން ހޭންޑްބޯލް ޖޫނިއަރ ރެފްރީސް ކޯހެއް ގދ.ތިނަދޫގައި ފަށައިފިއެވެ.
މި ކޯސް ކުރިިޔަށްދާނީ މޭ މަހުގެ 1 އިން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް އަދި ގދ.ތިނަދޫ ކައުންސިލްއާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހަކީ ގއ އަދި ގދ އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޯހެކެވެ.
9 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯހުގައި ހޭންޑް ބޯލްގެ ރެފްރީއެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ.
މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ރެފްރީން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީން ތަމްރީން ކުރުމެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވާނީ ޔޫސުފް އަހުޒަމް މުޖުތަބާ އާއި އަބްދުﷲ ސަމީހުއެވެ.