ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު މިނިސްޓަރ ޢަބްދުﷲ ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި

11 ޖެނުއަރީ 2024

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
މިނިސްޓަރ ޢަބްދުﷲ ރާފިޢު އާއިއެކު، މި އިވެންޓުގައި  ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލުކުރީ ކްލަބް އާބަންކޯ އާ ދިވެހި ސިފައިގެން ކްލަބް އެވެ. ފައިނަލް މެޗު 1-3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކްލަބުން ނެވެ. މެޗުގެ ސެޓުތައް ސިފައިގެން ކްލަބުން ގެންދިޔައީ 25-22, 23-25, 26-24 އަދި 25-20 އިންނެވެ.
ފައިނަލް މެޗަށް ފަހު މިނިސްޓަރ ރާފިޢު ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަން މެޑަލް އަދި ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.