ޝޫޓިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި، "ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕް 2024"ގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ޝަރަފްވެރިކޮށްދެއްވައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދިޔަ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ތޮލާލްގެ އިތުރުން ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް އާއި ޝޫޓިން އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ނޭޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2024 ގެ އެއަރ ރައިފަލް ފިރިހެނުންގެ އިވެންޓުގެ އެއްވަނަ ހޯދީ އިބްރާހިމް ޝިފާން އެވެ. އަދި އަންހެން އިވެންޓުގެ އެއްވަނަ އައިޝަތު ޔޫހާ އިމްތިޔާޒް އެވެ.
އެއާ ރައިފަލް މެންސް ޓީމް ޖޫނިއާ އިވެންޓުން އެއްވަނަ ހޯދީ އަހުމަދު މާއިދު މުހައްމަދާއި ހަސަން ނާޖިހް ނަޖްމީގެ ޕެއާ އެވެ. އެއާ ރައިފަލް މެންސް ޔޫތް އިވެންޓުން އެއްވަނަ ހޯދީ މުހައްމަދު ނާޖިހު އިސްމާއިލް ޝަފީގާއި، މުހައްމަދު ކިޔާން އަހުމަދެވެ.
މި މަހުގެ 1 އިން 22 އަށް ކުރިޔަށްގެންދިޔަ ތިން ކެޓަގަރީއަކަށް ބަހާލައިގެން ނޭޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2024ގައި ތިން ކެޓަގަރީއެއް ކުރިއަށްދިޔަ އެވެ.