ނޭޝަނަލް ޕެރަ ކްލެސިފަޔާސް ޓްރޭނިން ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ނޭޝަނަލް ޕެރަ ކްލެސިފަޔާސް ޓްރޭނިންގ ވޯކްޝޮޕަކީ ބައިނަލްއަގްވާމީ ފެރަލިމްޕިކް މިންގަނޑުތަކާއި އެއްގޮތަށް ގައުމީ ކްލެސިފިކޭޝަން ކެޕޭސިޓީ ތަރައްޤީ ކުރުމަށް ދިވެހިންނަށް އެކަމުގެ އިލްމާއި ވަސީލަތްތަކާއި ނެޓްވޯކްތަށް ބާރުވެރިކުރުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި 20 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެ ސެޓްފިކެޓް ހާސިލްކުރިއެވެ.
ދާދި ފަހުން ފާސްކުރެވުނު ކުޅިވަރު ޤާނޫނާއެކު ރާއްޖޭގެ ފެރަލިމްޕިކް ކޮމިއުނިޓީއަށް ކުރިއަށްވުރެ ފުޅާކޮށް ހިންގުމުގެ ފުރުސަތު ފަހިވެފައިވެފައިވާއިރު، ޕެރަލިމްޕިކް ކޮމިއުނިޓީއަށް ތަފާތުކުރުމެއް ނެތި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.
ބައިނަލްއަގްވާމީ ޕެރަލިމްޕިކް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ޕެރަލިމްޕިކްސްގެ އުސޫލުތައް ހަރުދަނާކޮށް، ހަރަކާތްތައް ފުޅާކުރުމަކީ ޕެރަލިމްޕިކް ކޮމިޓީގެ އަމާޒެވެ.