ގއ. ކަނޑުހުޅުދޫ ކައުންސިލާ މިނިސްޓަރ ރާފިޢު ބައްދަލުކުރައްވައިފި

10 ޖޫން 2024

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ގއ.ކަނޑުހުޅުދޫ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމަކީ ކަނޑުހުޅުދޫގައި މިއަހަރު ކުރިއަށްގެންދަން ރާވާފައިހުރި ކުޅިވަރު މަޝްރޫޢު ތަކާއި އެރަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ހޯދުމަށް އޮތް ބައްދަލުވުމެކެވެ.
ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރުވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި މިވަގުތު ކަނޑުހުޅުދޫގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މައުލޫމާތުވަނީ ހިއްސާކުރެވިފަ އެވެ. އަދި މި މަސައްކަތްތަކަށް މަޑު ޖެހުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ކަނޑުހުޅުދޫ ކައުންސިލުން ވަނީ އެ ރަށަށް ބޭނުންވާ އެހެނިހެން ކުޅިވަރު ވަސީލަތްތަކުގެ ތަފްސީލްތައް މިނިސްޓަރު ރާފިޢު ވަނީ ހިއްސާކޮށްފަ އެވެ.