ފުވައްމުލައް ސިޓީގައި ހޭންޑްބޯލް ބޭސިކް ރެފްރީސް ކޯހެއް ފަށައިފި

16 ޖެނުއަރީ 2024

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހޭންޑްބޯލް ބޭސިކް ރެފްރީސް ކޯހެއް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.
މި ކޯހަކީ 15 ޖަނަވަރީ 2024 އިން 24 ޖަނަވަރީ 2024 ގެ ނިޔަލަށް ކުރިޔަށްގެންދާ ކޯހެކެއެވެ.
 މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
 މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ރެފްރީން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީން ތަމްރީން ކުރުމެވެ.
10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯހުގައި ހޭންޑްބޯލްގެ ރެފްރީއެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވާނީ ޢަބްދުﷲ ސަމީޙް އާއި ޝާމިން އިބްރާޙިމްއެވެ.