ފުޓްސަލް ރެފްރީ ކޯހެއް ށ. ފުނަދޫގައި ފަށައިފި

05 ޖުލައި 2024

ބޭސިކް ފުޓްސަލް ރެފްރީ ކޯހެއް ށ. ފުނަދޫގައި ފަށައިފި އެވެ.
30 ބައިވެރިންނާއިއެކު ބުރާސްފަތި ދުވަހު ފެށި މި ކޯހަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ށ. އަތޮޅު ކައުންސިލުން ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
މި ކޯހުގައި ކިޔަވައިދެއްވަނީ ރެފްރީން ތަމްރީންކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ މުޙައްމަދު އަމީޒް އެެވެ. އަމީޒް އަކީ މެލޭޝިޔާގައި ފުޓްބޯޅަ ރެފްރީން ތަމްރީންކުރުމުގެ ގިނަ ތަޖުރިބާތަކެއްކޮށް، އެފްއޭއެމްގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.
ށ. ފުނަދޫގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ކޯސް މިމަހުގެ 11 ވަނަ ދުވަހާ ހަމަށް ކުރިއަށްދާނެ އެވެ.