އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ލޯންޗްކޮށްދެއްވައިފި

11 ޖޫން 2024

އަންނަ އޮގަސްޓް މަހު ކ. ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށްފި އެވެ.
އޭޝިއާގެ ސާފިންގެ އެންމެ ބޮޑު މުބާރާތް އޮންނާނީ އޮގަސްޓް 17 އިން 24 އަށެވެ. މިފަހަރުގެ މުބާރާތުގެ އޭޝިއާގެ 25 ގައުމަކުން 140 އެތުލީޓުން ވާދަކުރާނެ އެވެ.
މިއަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕް އެންމެ ބޮޑަށް ޚާއްސަވާ އެއް ސަބަބަކީ މި މުބާރާތަކީ 2026ގައި ޖަޕާންގައި އޮންނަ އޭޝިއަން ގޭމްސް އަށް ކޮލިފައިވާ އިވެންޓަކަށްވުމެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗްކޮށްދެއްވުމަށްފަހު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މޫދު ކުޅިވަރުތައް ޕްރޮމޯޓްކޮށް، އެ ކުޅިވަރުތަކަށް ހިތްވަރުދިނުމަކީ މުހިންމުކަމެއްކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ. އަދި މި ފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައި، އޭޝިއަން ގޭމްސް އިން ދިވެހި ގިނަ އެތުލީޓުން ފުރުސަތު ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރު ރާއްޖެއިން ދެ މެޑަލް ހޯދި އެވެ. އޭގެ ތެރެއިން ރިހި މެޑަލް ހޯދީ މިކްސްޑް ޓީމް އިވެންޓުގަ އެވެ. ދެން ލިބުނު މެޑަލް އަކީ ފިރިހެން އޯޕަން ބައިން ހުސައިން އަރީފް (އިބޫ) ހޯދި ލޯ މެޑަލް އެވެ.