އެމް.އެން.އައި.އެސް އިން ވޮލީބޯލް ރެފްރީސް ކޯހެއް ބާއްވަނީ

01 މާރިޗު 2023

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ނޭޝަނަލް ވޮލީބޯލް ރެފްރީސް ކޯހެއް ބާއްވަން ނިންމައިފިއެވެ.
ކޯހުގައި ކަނޑައަޅާފައިވާ ޖާގައަށްވުރެ (35) އިތުރަށް ބައިވެރިން ކުރިމަތިލާފައިވާނަމަ ދާއިރާއާއި ގުޅުންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މާރިޗު މަހުގެ 07 ވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި މިކޯހުގައި ކިޔަވައިދޭނެ ކަންތައްތަކުގެ ތެރޭގައި ވޮލީބޯޅައިގެ ޤަވާއިދުތަކާއި ހޭންޑް ސިގްނަލް އަދި ސްކޯ ޝީޓް ފުރިހަމަ ކުރާނެގޮތް ހިމެނެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 26 ފެބްރުވަރީ އިން ފެށިގެން މާރިޗު މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ކޯހަކީ  މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިޔަށްގެންދާ ކޯހެކެއެވެ.
ޝަރުތު:
އުމުރުން 18 އަހަރާއި 35 އަހަރުގެ މީހެއްކަމުގައިވުމެވެ.
·   ގޫގަލް ލިންކް: https://forms.gle/qMo9ir9PLguCZB4N7