އެމް.އެން.އައި.އެސް އިން ނެޓްބޯލް ކޯޗިންގ ކޯހެއް ބާއްވަނީ

01 މާރިޗު 2023

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން އިންޓްރޮޑަކްޓަރީ ނެޓްބޯލް ކޯޗިންގ ކޯހެއް ބާއްވަން ނިންމައިފިއެވެ.
މާރޗް މަހުގެ 18 ވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. މިކޯހަކީ ނެޓްބޯލް އެސޯސިއޭޝަންއާއި ގުޅިގެން ބާއްވާ ކޯހެކެވެ. މި މިކޯހުގައި  ނެޓްބޯޅައިގެ އެންމެ ބޭސިކް އިން ފެށިގެން ކިޔަވައިދެވިގެން ދާނެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން މާރޗް މަހުގެ 08 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޝަރުތު:
ހ. އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ކަމުގައިވުން.
ށ. ކުޅިވަރުގެ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވުން.
ނ. ކޯހުގައި ކަނޑައަޅާފައިވާ ޖާގައަށް ވުރެ (30) އިތުރަށް ބައިވެރިން ކުރިމަތިލާފައިވާނަމަ ދާއިރާއާއި ގުޅުންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
   ގޫގަލް ލިންކް: