އެމް.އެން.އައި.އެސް އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ނެޝެނަލް ވޮލީބޯލް ރެފްރީސް ކޯސް ނިންމާލައިފި

20 މާރިޗު 2023

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ވޮލީބޯލް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ނެޝަނަލް ވޮލީބޯލް ރެފްރީސް ކޯސް ނިންމާލައިފިއެވެ.
މި ކޯސް ކުރިޔަށް ގެންގޮސްފައިވަނީ 07 މާރިޗް 2023 އިން 17 މާރިޗް 2023 ގެ ނިޔަލަށް މާލޭ ސިޓީގައެވެ. މި ކޯހުގައި ޖުމްލަ 27 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ 08 އަންހެން ބައިވެރިންނާއި 19 ފިރިހެން ބައިވެރިންނެވެ.
10 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ވޮލީބޯލް ރެފްރީންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވުނެވެ. ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައިވާނެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައިދެއްވީ ވޮލީބޯލް ރެފްރީންގެ ތަޖުރިބާކާރު 9 ރެފްރީންކަމައްވާ  އަހްމަދު ސަލީމް، އަހްމަދު ސައިފް،  ހުސައިން މުޙައްމަދު، ޙަސަން ޝިމާދު، ހުސައިން ހަމީދު، އަޙްމަދު ނަޝީދު، ޢަބްދުލް އަޒީޒް ޔޫސުފް،  އިސްމާއިލް މަސްރޫފް އަދި  ޢަބްދުﷲ ޒުހުރީއެވެ.
ކޯހުގެ މަޤްސަދަކީ ވޮލީބޯލް ރެފްރީން ކުރިއެރުވުމަށް ރެފްރީން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީން ތަމްރީން ކުރުމެވެ.
މި ކޯހުން ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 21 ބައިވެރިންނެވެ.