އެމް.އެން.އައި.އެސް އިން އިންތިޒާމްކޮށްގެން ޑިޕްލޮމާ އިން ސްޕޯޓްސް މެނެޖޭމަންޓް ކޯހެއް ބާއްވަނީ

27 ޑިސެމްބަރު 2022

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހެއް ބާއްވަން ނިންމައިފިއެވެ.
އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ ކޯހެކެއެވެ. މިކޯހަކީ އެމް.ކިއު.އޭ އިން އެކްރެޑިޓް ކޮށްފައިވާ ކޯހެކެވެ. އަދި މިކޯހުގައި ސްޕޯޓްސް މެނޭޖްމަންޓާއި ގުޅުން ހުރި ދާއިރާތަކާއި ބެހޭގޮތުން ބައިވެރިންނަށް ކިޔަވާދެވޭނެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ކޯހުގެ ޝަރުތުތައް:
ހ. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ
ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން. ނުވަތަ
ނ. މި ޑިޕްލޮމާ ޕްރޮގްރާމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ހާސިލުކޮށްފައިވުން. ނުވަތަ
ރ. ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފައިއޮތުން (ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިއޮތުން. ނުވަތަ
ބ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު ސެކަންޑަރީ ސްކޫލް (ގްރޭޑް 6 – 10 އަށް) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި އޮތުން.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް