އެމް.އެން.އައި.އެސް އިން އިންތިޒާމްކޮށްގެން ބޭއްވި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯސް ނިންމާލައިފި

14 ޑިސެމްބަރު 2022

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ބޭއްވި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯސް ނިންމާލައިފިއެވެ.
ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށްގެންދާ މި ކޯސް ކުރިޔަށް ގެންދިޔައީ ޑިސެމްބަރ މަހުގެ 4 އިން 12 ގެ ނިޔަލަށް މާލޭ ސިޓީގައެވެ. މި ކޯސް ކުރިޔަށްގެންދިޔައީ 19 އަންހެން ބައިވެރިންނާއި، 15 ފިރިހެން ބައިވެރިންނާއެކު ޖުމްލަ 34 ބައިވެރިންނާއެކުއެވެ.
9 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ހޭންޑްބޯލްގެ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވިގެން ދިޔައެވެ. މި ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައެވެ.
ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ކޯޗުން އުފައްދައ،ި މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ. މިގޮތުން ކޯހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޕ.ީއީ ޓީޗަރުންނާއ،ި ސްކޫލް ޕީޓީއޭ އަދި ހޭންޑްބޯލްގައި ހަރަކާތްތެރިވާ ކުދިންނަށް ވަނީ އިސްކަންދެވިފައެވެެ މި ކޯހުން ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 33 ބައިވެރިންނެވެ.
މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވީ އިބްރާހިމް ހައިޝަމް އަބްދު ﷲ އާއި ނަޝްފާ އާމިރާއެވެ.