އެމް.އެން.އައި.އެސް އިން ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހެއް ބާއްވަނީ

01 މާރިޗު 2023

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހެއް ބާއްވަން ނިންމައިފިއެވެ.
އަންނަ އެޕްރީލް މަހުގެ 02 ވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ ކޯހެކެވެ. އަދި މި މިކޯހުގައި ސްޕޯޓްސް މެނޭޖްމަންޓާއި ގުޅުން ހުރި ދާއިރާތަކާއި ބެހޭގޮތުން ބައިވެރިންނަށް ކިޔަވާދެވޭނެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން މާރޗް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޝަރުތު:
ހ. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ
ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން. ނުވަތަ
ނ. މި ޑިޕްލޮމާ ޕްރޮގްރާމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ހާސިލުކޮށްފައިވުން. ނުވަތަ
ރ. ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފައިއޮތުން (ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިއޮތުން. ނުވަތަ
ބ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު ސެކަންޑަރީ ސްކޫލް (ގްރޭޑް 6 – 10 އަށް) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި އޮތުން.

• ގޫގަލް ލިންކް: