އެމް.އެން.އައި.އެސް އާއި ބާސްކެޓްބޯޅަ އެސޯސިއޭޝަން ގުޅިގެން ޑަބްލިއު. އޭ. ބީ. ސީ ކޯޗިންގ ކޯހެއް ކުރިޔަށް ގެންގޮސްފި

30 މާރިޗު 2023

ބާސްކެޓްބޯޅަ ކުރިއެރުވުމަށް  ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން މާލޭގައި  ޑަބްލިއު. އޭ. ބީ. ސީ ކޯޗިންގ ކޯހެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ކޯސް ކުރިޔަށް ގެންގޮސްފައިވަނީ 11 މާރިޗު 2023 އިން 16 މާރިޗް 2023 ގެ ނިޔަލަށެވެ.
މި ކޯހުގައި ޖުމްލަ 15 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ 6 އަންހެން ބައިވެރިންނާއި 9 ފިރިހެން ބައިވެރިންނެވެ. އަދި މި 15 ބައިވެރިން ތެރެއިން 6 ބައިވެރިންނަކީ އިންޑިއާ ބައިވެރިންނެވެ. މި ކޯހުން ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 15 ބައިވެރިންނެވެ.
މި ކޯހުގެ މަޤްސަދަކީ ބާސްކެޓްބޯލް ކުރިއެރުވުމަށް ކޯޗުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ. 
6 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކޯހުގައި ބާސްކެޓްބޯލް ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވުނެވެ. މި ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައިވެއެވެ.
 މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވައިފައިވަނީ ސާރބިއާގެ ކޯޗެއް ކަމުގައިވާ މިލާން ކޮތަރެކްއެވެ.