ދުވާފަރުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު ރާފިޢު މަޝްވަރާކުރައްވައިފި

05 ޑިސެމްބަރު 2024

ރ. ދުވާފަރު ކައުންސިލާ ބައްދަލުކުރައްވައި، އެ ރަށުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު ރާފިޢު މަޝްވަރާކުރައްވައިފި އެވެ.
ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވަޒީރު ވަނީ ދުވާފަރުގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުތަކާއި، އެ މަސައްކަތްތައް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ދުވާފަރު ކައުންސިލުން ވަނީ އެ ރަށުގައި މިވަގުތު ކުރިއަށްދާ ކުޅިވަރު ހަރަކާތްތަކާއި، ކުރިއަށްދާ މަޝްރޫޢުތަކުގައި ފާހަގަވާ ކަންކަން ހިއްސާކޮށްފަ އެވެ. އަދި މީގެ އިތުރުން އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކުޅިވަރާ ގުޅުންހުރި ކަންކަންވެސް ކައުންސިލުން ވަނީ ވަޒީރަށް ހުށަހަޅާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުޅިވަރު ވުޒާރާއިން ރަށް ރަށުގައި ކުޅިވަރު ގިނަ ވަސީލަތްތަތަކެއް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.