ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަން އާއި އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ޑަތުކް ޕައުލް ޗުއާ އާ ކުޅިވަރާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު އޮތް ރަސްމިއްޔާތުގައި ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަން އާއި އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ޑަތުކް ޕައުލް ޗުއާގެ އިތުރުން ވޯލްޑް ފެޑެރޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ކުރިއަށް އޮތް 14 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މާލޭގައި އޮންނަ މުބާރާތަށް ރާއްޖެއިން ވެފައިވާ ތައްޔާރީތަކާއި، ފާއިތުވެދިޔަ އަހަރުތަކުގައި މި ކުޅިވަރުގައި ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުން ޕައުލް ޗުއާ ވަނީ ފާހަގަކުރައްވާފަ އެވެ.
ޕައުލް ޗުއާ ވަނީ ބޮޑީބިލްޑިން ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްވެސް ފާހަގަކުރައްވާފަ އެވެ.