ދިރާގު ފުވައްމުލަކު ރަންގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި

05 މޭ 2025

ދިރާގު ފުވައްމުލަކު ރަން 2025ގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
1،112 ދުވުންތެރިން ބައިވެރިވި މި ދުވުމުގެ ހާފް މެރަތަން ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ ޝިފާޒު މުހައްމަދެވެ. ހުސެއިން ފަޒީލު ހާރޫން ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ ކިރަން ސިންގް ބޮގަޓީ އެވެ. ހާފްމެރަތަންގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ އައިޝަތު ޖިނާނީ އިބްރާހީމެވެ. ދެވަނަ ހޯދީ ޝަޒްނާ މުހައްމަދު އެވެ. އަދި ތިންވަނަ ހޯދީ ހުސްނާ މުހައްމަދު އެވެ.
ދިރާގު ފުވައްމުލަކު ރަން 2025ގެ 10 ކިލޯމީޓަރުގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ މުހައްމަދު އިރުފާނެވެ. މުހައްމަދު ރަޝީދު ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ އަބްދުﷲ ރަޝީދު އެވެ. 10 ކިލޯމީޓަރުގެގެ އަންހެން ކެޓަގަރީއަށް ބަލާއިރު އެއްވަނަ ހޯދީ ނިޒްމީނާ އަހްމަދު އެވެ. އަނާން އަހްމަދު ރަޝީދު ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ އާމިނަތު ނައުފާ ރަޝީދު އެވެ.
ފަސް ކިލޯމީޓަރުގެ އޯޕަން ބައިގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ ހުސައިން ފަޒީލްއެވެ. ދެވަނަ ހޯދީ ޔޫސުފް އިބްރާހީމްއެވެ އަދި ތިންވަނަ ހޯދީ ކިރަން ސިންގް ބޮގަޓީ އެވެ. ފަސް ކިލޯމީޓަރު އޯޕަން ރަން އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ ނިޒްމީނާ އަހްމަދު އެވެ. ފާތިމަތު ހަސްނާ ހޮވުނުއިރު ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ ހުސްނާ މުހައްމަދު އެވެ.
މި ދުވުމުގެ 5 ކިލޯމީޓަރުގެ 13 އަހަރުން މަތީގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ އަހުމަދު ރޫނީ މުހައްމަދު އެވެ. އަހުމަދު ޖޫދު މުހައްމަދު އަށް ދެވަނަ ލިބުނުއިރު، ތިންވަނަ ހޯދީ މުހައްމަދު ޝުއައިބު އަބްދުﷲ އެވެ. ދުވުމުގެ 5 ކިލޯމީޓަރުގެ 13 އަހަރުން މަތީގެ އަންހެން ކެޓަގަރީއަށް ބަލާއިރު، އެއްވަނަ ހޯދީ ދުއާ އަހްމަދު ވަސީމް އެވެ. ނީމް އިބްރާހީމް އަހްސަން ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ އާއިޝަތު އަމްޝީ އަހުމަދު އެވެ.
ފަސް ކިލޯމީޓަރުގެ 13 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ އާހިލް އިބްރާހީމް މޫސާ އެވެ. ދެވަނަ ހޯދީ ޔޫސުފް އާކިލް އާމިރު އެވެ. ތިންވަނަ ހޯދީ މުހައްމަދު އާލް ހަސަން އެވެ. 13 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ އާމިނަތު ރައޫމް އަހްމަދު ހަބީބު އެވެ. މަރްޔަމް ޔުއީން އަބްދުﷲ ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ އާމިނަތު ޝާޔަން އެވެ.