ދަ މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ސްޓޭޓް މިނިސްޓަރ ޝަރަފްވެރިކޮށްދެއްވައިފި އައު

21 އޭޕްރީލު 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟް، ދަ މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މުޅި ރާއްޖެއަށް ހުޅުވައިލައިގެން ނ. ކެނދިކުޅުދޫގައި ބާއްވާ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި މިއަހަރު އަށް ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ވެލިދޫ ސްޕޯޓްސް ކުލަބާއި ނައިފަރު ޗެލްސީ އެފްސީއެވެ. 3-0ގެ ނަތީޖާއަކުން ނައިފަރު ޗެލްސީ އެފްސީ މޮޅުވި މި މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟްއެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ވިންޑް ވޯރިއާސް، ނައިފަރު ޗެލްސީ އެފްސީ، މަނަދޫ ސްޕޯޓްސް ކްލަބް، މާފަރު އެފްސީ، މާޅެންދޫ އެފްޓީ، ކޮމެޓްސް ސްޕޯޓްސް ކްލަބް، ހެނބަދޫ ފުޓްބޯޅަ ޓީމް އަދި ވެލިދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 30ވަނަ ދުވަހު އޮންނައިރު، ޗެމްޕިއަން ޓީމަށް އެއް ލައްކަ ފަންސާސްހާސް ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ހޯދާ ޓީމަކަށް ބައި ލައްކަ ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވިންޑް ވޯރިއާސްއެވެ. ރަނަރަޕް ޓީމަކީ ނައިފަރު ޗެލްސީއެވެ.