އއ. އުކުޅަހު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ކޮރަލް ސްޕީޑް ފުޓްސަލް ފިއެސްޓާ 2024" ގައި މިނިސްޓަރ ރާފިޢު ބައިވެރިވެޑައިގެންފި އެވެ.
މެއި މަހުގެ 27 އިން ޖޫން ހަތަރަކަށް ކުރިއަށްދިޔަ ކުޅިވަރު ފިއެސްޓާގައި ކުރިއަށްދިޔާ ފިރިހެނުންނަށް ހާއްސަ ފުޓްސަލް މުބާރާތަކާއި، އަންހެނުންނަށް ހާއްސަ ފުޓްބޯޅަ މުބާރާތެކެވެ. މުބާރާތުގެ އިނާމް ދިނުމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
މުބާރާތުގެ ފުޓްސަލް ބައިގެ ޗެމްޕިއަންކަން ހޯދީ ފެލްކަންސް އެވެ. އަދި ހޭންޑްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސްޕާކަލްސް އެވެ.
އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ރާފިޢުގެ އިތުރުން ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު އާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ އިސް މުވައްޒަރުންވެސް ބައިވެރިވި އެވެ.