"ޗޭންޖް ދަ ގޭމް" މިނިސްޓީރިއަލް ފޯރަމްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބަހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ކުޅިވަރުގެ އެކި ދާއިރާތަކުގެ މާހިރުންނާއިއެކު އޮތް މި ބައްދަލުވުމުގައި ގިނަ ގައުމުތަކެއްގެ މަންދޫބުން ބައިވެރިވި އެވެ.
2024ގެ ޕެރިސް އޮލިމްޕިކްސްގެ ހަވާސާގައި އޮތް މި ބައްދަލުވުމުގައި ހަމަހަމަ ގޮތެއްގައި ކުޅިވަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ.
ޔުނެސްކޯއިން އިސްނަގައިގެން ކުރިއަށްގެންދާ މި ފޯރަމްގެ ސަބަބުން ކުޅިވަރުގެ ދެމެހެއްޓިނިވި ތަރައްގީއަށް ބޮޑު އަސަރެއްކުރާނެކަމަށް މި ފޯރަމް އިންތިޒާމްކުރާ ފަރާތުން ގަބޫލުކުރެ އެވެ.