ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޝިއާމެންގައި ކުރިއަށްދިޔަ ސީ އެންޑް ޑީ ޝިއާމެން މެރަތަން 2025ގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެ ވަޑައިގަންނަވައިފި އެވެ.
އެކި ގައުމުތަކުގެ ބޭފުޅުންނަށް ދައުވަތުދީގެން މި މަހުގެ 1 އިން 7 އަށް ކުރިއަށް ގެންދިޔަ މެރަތަންގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ވަޒީރު ރާފިޢު އަށް ލިބިވަޑައިގަތީ މިދިޔަ އަހަރު ލާމުގައި އޮތް ޝީއަމެން ލާމު މެރެތަންގެ ތެރެއިންނެވެ. 42 ގައުމަކުން 35 ހާހަށްވުރެ ގިނަ ބައިވެރިން ބައިވެރިވި މި މެރެތަންގައި ވަޒީރު ރާފިޢު ވަނީ ފަސް ކިލޯމީޓަރު ފުރިހަމަކުރައްވާފަ އެވެ.
މި މެރެތަން ފެށުމުގެ ގޮތުން އޮތް "ގަން ފަޔާ" ސެރެމަނީގައިވެސް ވަޒީރު ވަނީ ބައިވެރިވަޑައިގަންނަވާފަ އެވެ. މި ރަސްމިއްޔާތުގައި ވަޒީރު ރާފިޢުގެ އިތުރުން ވޯލްޑް އެތުލެޓިކްސްގެ ހެޑް އޮފް ރޯޑް ރަނިންގ އެންޑް މާސް ޕާޓިސިޕޭޝަން އެލެސިއޯ ޕުންޒީ އާއި ފުޖިއާން ޕްރޮވިންސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.