ބަންގްލަދޭޝްގެ އަންސަރު ހޭންޑްބޯޅަ ކުލަބު ބައިވެރިވާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސިލްސިލާ މިރޭ ފަށައިފި އެވެ.
މި މަހުގެ 26 އިން 30 އަށް މާލޭގެ ގައުމީ ހޭންޑްބޯޅަ ކޯޓުގައި ބައިނަލްއަގްވާމީ އެކުވެރިކަމުގެ ތިން މެޗެއް ކުޅޭނެ އެވެ. އޭގެ ތެރެއިން ފުރަތަމަ މެޗު މިރޭ ކުޅުނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. މި މެޗު 41-27 އިން ކާމިޔާބުކުރީ ބަންގްލަދޭޝްގެ އަންސަރު ކުލަބެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ދައުވަތަށް މާލެއައިސް އުޅޭ ބަންގްލަދޭޝް އަންސަރު ކުލަބުން ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ގައުމީ ޗެމްޕިއަން ވެލިދޫ ޔުނައިޓެޑާ ދެކޮޅަށެވެ. ފަހު މެޗުގައި މި މަހުގެ 30ވަނަ ދުވަހު ކުޅޭނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށެވެ.
ޒުވާން ގައުމީ ޓީމަށް މި ފުރުސަތުދޭން ހޭންޑްބޯލް މޯލްޑިވްސް އިން ނިންމީ މިއަހަރު އޮންނަ އައިއެޗްއެފް ޓްރޮފީގެ 19 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ބައިގައި ވާދަކުރަން ގައުމީ ޓީމް ތައްޔާރުވަމުން އަންނާތީ އެވެ.