ބ. އޭދަފުށީގައި "ވޯލްޑް ފުޓްބޯލް ޑޭ" ކުލަގަދަކޮށް ފާހަގަކޮށްފި އައު

24 މޭ 2025

ބ.އޭދަފުށީގައި "ވޯލްޑް ފުޓްބޯލް ޑޭ" ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށުގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
"ވޯލްޑް ފުޓްބޯލް ޑޭ" ގެ އޭދަފުށީގެ ހަރަކާތްތަކުގައި ޖުމްލަ 280 ބައިވެރިން ބައިވެރިވިއެވެ. މި 280 ބައިވެރިންގެ ތެރޭގައި 180 ބައިވެރިންނަކީ ކުޑަކުދިންނެވެ.
މި ހަރަކާތުގެ ތެރޭގައި ފުޓުބޯޅަ ބޭނުންކޮށްގެން ތަފާތު އެކިއެކި ކުޅިވަރުތައް ކުޅެފައިވެއެވެ.
ރާއްޖޭގައި މުޅިން އަލަށް މިދުވަސް ފާހަގަކޮށްފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިންނެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ހުރިހާ އެންމެން އެކުވެ، އެއްތާކުން ފުޓުބޯޅައިގެ އުފާވެރިކަން ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.