ޤައުމީ ވޮލީބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ވަޒީރު ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި

10 ޖެނުއަރީ 2025

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި އެވެ. 
ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީ ވާދަކުރި މެޗު 3-1 އިން ކާމިޔާބުކޮށް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުންނެވެ. 
ގައުމީ ވޮލީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ސިފައިންގެ ކުލަބުގެ ހުސައިން ރަޒާން އާއި ސެޓަރު ހުސައިން ޝާހިދުގެ އިތުރުން އެޗްޑީސީގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އަދި 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްލޫސް ފޯރ ވޮލީބޯލްގެ އަޙްމަދު އިލްހާމް އަލީއެވެ. ގައުމީ މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ސިފައިންގެ ކުލަބުގެ މުޙައްމަދު ހަމަދު ހޯދިއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ މުމްތާޒްއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.