އަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު ހިމަނަނީ

20 އޯގަސްޓު 2025

މިއަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ ރަށެއްގައި ހޭންޑް ބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އއ މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިއެވެ.
މަތިވެރީގައި ކުރިޔަަށް އޮތް ދެ މަސް ދުވަހުގެތެރޭގައި ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އިރާދުކުރެއްވިއްޔާ އެ މަޝްރޫއު ދާދި އަވަހަށް އަަޅުގަނޑުމެން ކުންފުންޏަކާއި ހަވާލުކޮށް ކުރިޔަށް އޮތް އެންމެ ގިނަވެގެންވެސް ދެ މަސްތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ފެށޭނެ” ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހޭންޑްބޯޅަ ކޯޓުގެ އެޅުމުގެ މަސައްކަތުގެ އިތުރުން އެ ރަށުގައި އަޅާ އައުޓްޑޯ ޖިމްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.