އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ޖޫނިއާ ދެ ޓީމަށް، މިނިސްޓަރ ޖާޒީ ހަވާލްކޮށްދެއްވައިފި

06 ޖުލައި 2024

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ 20 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމްގެ ކުޅުންތެރިންނަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލްކޮށްދެއްވައިފި އެވެ.
އައިއެޗްއެފް ޓްރޮފީގެ އޭޝިއާ ޒޯން ދޭއްގެ މެޗުތައް އޮންނާނީ މިމަހުގެ 10-14 އަށް އިންޑިއާގެ ޖައިޕޫރުގަ އެވެ. މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ޔަމަން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި އަފްގާނިސްތާނެވެ.
މި މުބާރާތުގައި ވާދަކުރާ 20 އަހަރުން ދަށުގެ ކޯޗަކީ އަބްދުﷲ ޒިޔާޢު އެވެ. އަދި 18 އަހަރުން ދަށުގެ ޓީމްގެ ކޯޗަކީ މުޙައްމަދު ފިރުނާޝް އަބްދުﷲ އެވެ.
ޖާޒީ ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙުމަދު މުޖުތަބާ ވިދާޅުވީ މި މުބާރާތުގައި ގައުމީ ޓީމްގެ އަމާޒަކީ ރަން މެޑަލް ހޯދުންކަމަށާއި، މި ޓީމް ތައްޔާރުކުރުމަށް އަހަރެއްހާ ދުވަސް ހޭދަކޮށްފައިވާނެކަމަށެވެ.