އައްޑޫ ސިޓީގައި "ވޯލްޑް ފުޓްބޯލް ޑޭ" ކުލަގަދަކޮށް ފާހަގަކޮށްފި އައު

24 މޭ 2025

އައްޑޫ ސިޓީގައި "ވޯލްޑް ފުޓްބޯލް ޑޭ" ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހިތަދޫ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
"ވޯލްޑް ފުޓްބޯލް ޑޭ" ގެ އައްޑޫ ސިޓީގައި ހަރަކާތްތަކުގައި 350އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މި ބައިވެރީންގެ ތެރެއިން 200 ބައިވެރިންނަކީ ކުޑަކުދިންނެވެ.
މި ހަރަކާތުގެ ތެރޭގައި ފުޓުބޯޅަ ބޭނުންކޮށްގެން ތަފާތު އެކިއެކި ކުޅިވަރުތައް ކުޅެފައިވެއެވެ.
ރާއްޖޭގައި މުޅިން އަލަށް މިދުވަސް ފާހަގަކޮށްފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިންނެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ހުރިހާ އެންމެން އެކުވެ، އެއްތާކުން ފުޓުބޯޅައިގެ އުފާވެރިކަން ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.