އައްޑޫ ސިޓީގައި ކުރިއަށްދިޔަ ހޭންޑްބޯޅަ ކޯޗުން ތަމްރީންކުރުމުގެ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
އޭޕްރީލް 29 އިން ފެށިގެން މެއި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ފޭދޫގައި ކުރިއަށްދިޔަ ހޭންޑްބޯޅަ ރެފްރީން ތަމްރީންކުރުމުގެ ކޯހުގައި 14 ބައިވެރިންވަނީ ތަމްރީންވެފައެވެ. 14 ބައިވެރިންގެ ތެރެއިން 12 ބައިވެރިޔަކުވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނިޒާރު އާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ އިތުރުން ކުޅިވަރު ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ކިޔަވައިދެއްވީ ތަޖުރިބާކާރު ހޭންޑްބޯޅަ ކޯޗު އިބްރާހިމް ހައިޝަމް އަބްދުﷲ އެވެ.