19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލް މެޗު މިނިސްޓަރ ޝަރަފްވެރިކޮށްދެއްވައިފި

02 ޖުލައި 2024

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
ފައިނަލް މެޗު ބައްލަވާލެއްވުމަށް މިނިސްޓަރ ގެ އަރިހުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރުގެ އިތުރުން ކުޅިވަރާއި ބެހޭ ވުޒާރާގެ އިސްވެރިން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފައިނަލް މެޗުގައި ބައްދަލުކުރީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބްެ އެވެ. މި މެޗު ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކްލަބް އެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ އެކި މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނާއި ޗެމްޕިއަން ޓީމަށް މެޑަލް އާ ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢު އެވެ.