ސިވިލް ސޮސައިޓީ އެވޯޑަކީ، އިޖުތިމާއީގޮތުން ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން، ޖަމިއްޔާތައް ނިސްބަތްވާ މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ތަފާތު ގޮތްގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްޢިއްޔާތަކަށް ޤައުމީ ފެންވަރުގައި މި އަހަރު ދޭން ފެށި އެވޯޑެކެއެވެ.