ރައީސުލްޖުމްހޫރިއްޔާ "ފަރުމާ އިންޓަރނޭޝަނަލް ޔޫތް އާރޓް ފެސްޓިވަލް 2023" އިފުތިތާހުކޮށްދެއްވުން

09 މޭ 2023

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ އާރޓް ފެސްޓިވަލް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ފަށްޓަވައިދެއްވުން
"ފަރުމާ- އިންޓަރނޭޝަނަލް ޔޫތް އާޓް ފެސްޓިވަލް 2023" އަކީ ޔޫތް މިނިސްޓްރީއާއި، މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ ގުޅިގެން ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ފެސްޓިވަލް އެއް.
މި ފެސްޓިވަލްގައި ޖުމުލަ 10 ދާއިރާއަކުން ފަންނުވެރިން ބައިވެރިވެ. އޭގެ ތެރޭގައި ކުރެހުން، ޕެއިންޓިން، ފޮޓޯގްރަފީ ފުޑް އެންޑް ކަލިނަރީ މިއުޒިގެ ދާއިރާފަދަ ދާއިރާތައް ހިމެނެ. އަދި 8 ޤައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެފައި.