މިނިސްޓަރ އަޙްމަދު މަޚްލޫފް ޤައުމީ ޓީމުތަކާއި ބައްދަލުކުރެއްވުން

29 މޭ 2023

ރާއްޖޭގެ ޤައުމީ ޓީމުތަކުން މި މަހު ވާދަކުރި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ހޯދި ކާމިޔާބީ ފާހަގަކޮށް އެ ޓީމްތަކަށް މިނިސްޓަރު އަޙްމަދު މަޚުލޫފު ހިތްވަރު ދެއްވައިިފި.
ޒުވާނުންގެ މަރުކަޒުގައި މިނިސްޓަރު މަހުލޫފު ވަނީ އައިއެޗްއެފް ޓްރޮފީގެ ދެކުނު/ސެންޓްރަލް އޭޝިއާ ޒޯނުގައި ވާދަކޮށް ލޯ މެޑަލް ހޯދި 17 އަހަރުން ދަށުގެ އަންހެން ހޭންޑްބޯޅަ ޓީމާއި، 19 އަހަރުން ދަށުގެ އަންހެން ހޭޑްބޯޅަ ޓީމާއި، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުން ރާއްޖެއަށް އަށް މެޑަލް ހޯދައިދިން ގައުމީ ޖޫނިއާ ޓީމުގެ އިތުރުން ނޭޕާލްގައި ނިމުނު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ވާދަކުރި ޤައުމީ އަންހެން ވޮލީބޯޅަ ޓީމާވެސް ބައްދަލުކުރައްވާފައި.
މި ޓީމްތަކުގެ އިތުރުން އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ފުޓްބޯޅަ ޓީމާއި، އަންނަ މަހު ރާއްޖޭގައި ބާއްވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމީ ބާސްކެޓްބޯޅަ ޓީމާއިވެސް ބައްދަލުކުރައްވާ ދެ މުބާރާތުން ޤައުމަށް ރީތި ނަން ހޯދައިދީ ކާމިޔާބީ ހޯދުމަށް މިނިސްޓަރު ވަނީ ދެ ޓީމަށްވެސް ހިތްވަރުދެއްވާފައި.