ލޯ މެޑަލް ހޯދި ޤައުމީ ހޭންޑްބޯޅަ ޓީމުތަކަށް މަރުހަބާ ކިއުން

20 މޭ 2023

ބަންގްލަދޭޝްގައި ބޭއްވި އައިއެޗްއެފް ޓްރޮފީގެ ދެކުނު/ސެންޓްރަލް އޭޝިއާ ޒޯނުގައި ވާދަކޮށް ރާއްޖޭގެ އަންހެން 17 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމުން ވަނީ ބްރޮންޒް (ލޯ) މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހޯދާފައި.
މި 2 ޓީމު ރާއްޖެ އާއުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޔޫތު، މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ހޭޑްބޯލް މޯލްޑިވްސްގެ އިސްވެރިންވެސް ވަނީ ބައިވެރިވަޑައިގެންފައި.