ޖަރުމަންގެ ކުރީގެ ތަރި ލޫކަސް ޕޮޑޯލްސްކީ އާ، މިނިސްޓަރު ރާފިޢު ބައްދަލުކުރެއްވުން

02 ޖެނުއަރީ 2024

ޖަރުމަނާއިއެކު 2024ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފޯވާޑް ލޫކަސް ޕޮޑޯލްސްކީއާ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ރާފިޢު ޕޮޑޮލްސްކީއާ މި ބައްދަލުކުރެއްވީ އާ އަހަރު ފާހަގަކުރުމަށް ޕޮޑޮލްސްކީ ދިވެހިރާއްޖެ އައިސް ހޭދަކުރި ޗުއްޓީ ނިންމާލުމަށްފަހު، ފުރުމުގެ ކުރިންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު ރާފިޢުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.