އަރުތަ ޕްރޮގްރާމް ލޯންޗުކުރުން އަދި އަރުތަ ޖިމް ހުޅުވުމުގެ ރަސްމިިއްޔާތު

02 އޭޕްރީލު 2023

‏ރާއްޖޭގެ ކުޅިވަރުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށް، ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ޚާއްސަ ކުރެވިގެން ގާއިމުކުރެވުނު ޖިމް ކަމަށްވާ "ސެންޓަރ ފޯރ ފިޓްނަސް އެންޑް ސްޕޯޓްސް ރިހެބިލިޓޭޝަން" ހުޅުވުން.
  އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށް، ޖިމް ހުޅުވާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފުލާއެއްގައި. މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ ފުޓްބޯޅަ ނޫސްވެރިޔާ، އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ.
އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެއް. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުންމީދީ ގިނަ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުން.