15 ރަށެއްގެ ޒުވާނުންނަށް ބޭނުންވާ ސާރފް ބޯޑު ހަވާލުކުރުން

13 ނޮވެމްބަރު 2022

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މޯލްޑިވްސް ސާރފިން އެސޯސިއޭޝަން ގުޅިގެން ރާއްޖޭގެ 15 ރަށެއްގެ ޒުވާނުންވާ ބޭނުންވާ ސާރފް ބޯޑު އެ ރަށްތަކާއި ހަވާލުކޮށްފިއެވެ.
މާލެ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މި 15 ރަށަށް ސާރފް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފްއެވެ.